ހަރާން ރުފިޔާއެއްގައި ނުޖެހުމަށް ޘަގީފުގެ ބައްޕަ ދެއްވި ނަސޭހަތް!

"ތިލަދުންމަތީ ފިކުރު"ގެ ޝިޔާރުގެ ދަށުން ވައިކަރަދޫ ދާއިރާގެ ކެމްޕޭން ކުރިއަށްގެންދާ ހުސެއިން ޘަގީފު ދާއިރާ ބަހުސްގައި ވާހަކަ ދައްކަމުން ދެއްކި ވާހަކަ ވަރަށް އަސަރުގަދައެވެ. ޘަގީފުގެ ބައްޕަ ދެއްވި ނަސޭހަތެއްގެ ވާހަކަ އިއްޔެގެ ބަހުސް އިން ފާހަގަ ކުރެވިގެންދިޔައެވެ.

"އަޅުގަނޑު މަޖިލީހަށް ކުރިމަތިލާން ނިންމިއިރު ބައްޕަ ކައިރީ ދެންނެވިން. އެއަށްފަހު ބައްޕަ ދެންނެވި، ދަރިފުޅާއޭ. ނަމަ ނަމަ ހަރާން ރުފިޔާއެއްގައި ނުޖެހެއްޗޭ. ދަރިފުޅާއޭ. ނަމަ ނަމަ ހަރާން ރުފިޔާއެއް ގެއަށް ނުވައްދައްޗޭ. ދަރިފުޅާއޭ. ނަމަ ނަމަ ހަރާން ރުފިޔާއެއް ދަރިންނަށް ކާން ނުދެއްޗޭ." އިއްޔެ މެންދުރު ޓީވީއެމްގައި ބޭއްވި ބަހުސްގެ ތެރެއިން ޘަގީފު ވިދާޅުވެފައިވެއެވެ.

ބަހުސްގެ ތެރެއިން ޘަގީފު ވަނީ އޭނާގެ ބައްޕައަށް ޔަގީންކަމެއް ދީފައެވެ.

"އަޅުގަނޑު ބައްޕައަށް ދަންނަވާލަން އޮތީ. ބައްޕާއޭ އަޅުގަނޑަށް އިތުބާރު ކުރައްވާށޭ. އަޅުގަނޑު މިހުރީ ބައްޕަ ދިން ފުރިހަމަ ނަސޭހަތުގެ މަތީގައޭ. އަޅުގަނޑު އިންތިހާބު ވެއްޖެނަމަ ދާއިރާގެ ރައްޔިތުންނަށް މިނަމޫނާ އަޅުގަނޑު ދައްކަދޭނަން. ތިލަދުންމަތީ ފަހުރުވާ ފަދަ ގޮނޑިއަކަށް ވައިކަރަދޫ ދާއިރާގެ ގޮނޑި ހަދާ ދޭނަން." ޘަގީފް ވިދާޅުވިއެވެ.

ދާއިރާއާ ގުޅުންހުރި ގިނަ ވާހަކަތަކެއް ދެކެވުނު އިއްޔެގެ ބަހުސްގައި ޘަފީގް ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނީ ރައްޔިތުންގެ ހިތްތަކުގައި އިސްލާމީ އަޤީދާ ވަރުގަދަކޮށްގެން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ