ރާއްޖޭގެ ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ނ. ވެލިދޫ އާއި، ޅ. ހިންނަވަރުން ދެވޭ ޚިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެތަންތަން ހޮސްޕިޓަލް ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިޕްރޮޖެކްޓް ތަކުގެ މަސައްކަތް ފެއްޓުމައްޓަކައި ހަދަން ޖެހޭ ޢިމާރާތް ޑިޒައިން ކޮށް ކުރެހުން ތަކާއި، ބިލް އޮފް ކުއަންޓީޓީ އާއި، ޓެންޑަރ ޑޮކިޔުމެންޓް ހަދާނެ ފަރާތްތަށް ހޯދުމަށް 5 މާރޗް 2018 ގައި ވަނީ އިޢްލާން ކޮށްފައެވެ.
ހެލްތު މިނިސްޓަރީން ވިދާޅުވީ، މީގެ އިތުރުން ޖާގައިގެ ދަތިކަން ޙައްލު ކުރުމުގެ ގޮތުން ނ. މަނަދޫ އަތޮޅު ހޮސްޕިޓަލާއި، ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލާއި، ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލުގައި އަޅާ އާޢިމާރާތް ޑިޒައިން ކޮށް ކުރެހުން ތަކާއި، ބިލް އޮފް ކުއަންޓީޓީ އާއި، ޓެންޑަރ ޑޮކިޔުމެންޓް ހަދާނެ ފަރާތްތަށް ހޯދުމަށް 5 މާރޗް 2018 ގައި އިޢްލާން ކުރައްވާފައިވާނެ ކަމަށެވެ.
"އަލަށް އަޅާ ހޮސްޕިޓަލް ތަކާއި، އިތުރަށް ތަރައްޤީ ކުރާ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި އެތަންތަނާއި އެކަށީގެންވާ ވަރަށް ޕްރައިވެޓް ރޫމްތައް އެޅުމަށް ވަނީ ނިންމާފައި. މިގޮތުން ނ. ވެލިދޫ، ޅ. ހިންނަވަރު، ދ. ކުޑަހުވަދޫ، ނ. މަނަދޫ އަދި ބ.އޭދަފުށީގައި ޕްރއިވެޓް ރޫމް އެޅިގެން ދާނެ." ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.
ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަކީ ނުހަނު ބޭނުންތެރި، އަދި ރައްޔިޔުން ނުހަނު ބޭނުންވެފައިވާ ކަމެކެވެ.