ހޯމް މިނިސްޓަރ އިމްރާން އުރިފައިއޮތް ބޯޓުގައި

ކިނޮޅަހު ނެރުމައްޗަށް އުރިފައޮތް ބޯޓެއް ފުންކުރުމުގައި މިނިސްޓަރ އިމްރާން

ރ. ކިނޮޅަހު ނެރުމައްޗަށް އުރިފައިވާ ބޯޓެއް ފުންުކުރުމުގެ މަސައްކަތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހަރަކާތްތެރިވާ ވީޑިއޯ އެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަލީ ނަޒީރު މިއަދު ހެނދުނު ޓްވީޓް ކުރެއްވި ވީޑިއޯގައި ބުނެފައިވަނީ ރ. ކިނޮޅަހު ނެރުމައްޗަށް އުރިފައިއޮތް އޮޑި ފުންކުރުމުގެ މަސައްކަތުގައި މިވަގުތު މިނިސްޓަރ އިމްރާން އުޅުއްވަމުން އެބަގެންދަވާ ކަމަށެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި މިނިސްޓަރ އިމްރާން ހުންނެވީ އުރިފައިވާ ބޯޓޫގައެވެ. އަދި ބޯޓުގައި ހުންނަވައިގެން މިނިސްޓަރ އިމްރާން ކައިރީގައި އޮތް ދޯނީގައި ތިބި މީހުންނަށް އިރުޝާދު ދެއްވާ މަންޒަރު ފެނެއެވެ. އަދި ބޯޓު ފުން ކުރުމަށް ދޯނީގައިހުރި މުދާ ކުޑަ ދޯންޏަކަށް ބާލަމުންދާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކިނޮޅޮހަށް ވަޑައިގެން އުޅުއްވަނީ ކޮން މަސައްކަތެއްގައި ކަމެއް ސާފެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ