ރޭޕް ކުރި ކުއްޖާގެ ބައްޕަ ބަންދަށްވެސް 15 ދުވަސް

ރޭޕް ކުރި ކުއްޖާގެ ބައްޕަގެ ބަންދަށްވެސް 15 ދުވަސްޖަހައިފިއެވެ.

މި މައްސަލާގައި ހައްޔަރުކުރި 33 އަހަރުގެ ފިރެހެންމީހާގެ ބަންދާއިމެދު ގޮތެއްނިންމަން ކޯޓަށް ގެންދިއުމުން 15 ދުވަހުގެ މުއަދަތު ޖައިދީފާވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ބަންދުގެ މުއްދަތު ޖަހާފައިވާ ކުއްޖާގެ ބައްޕަގެ މައްޗައް ކޮއްފައިވަނީ އެކުއްޖާއަށް މެދު އިހުމާލުވުމުގެ ތުހުމަތެވެ.

ރޭޕް ކުރި ކުއްޖާގެ ބައްޕަ ހައްޔަރޮކޮއްފައިވަނީ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ 108 ނަންބަރު ފްލެޓުންނެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެއަހަރުގެ ތުއްތު އަންހެން ކުއްޖާ ރޭޕްކުރިކަ މައްސަލާގައި ކުއްޖާގެ ކާފަ އަދި މުނިކާފަގެވެސްވަނީ ބަންދަށް 15 ދުވަސް މުއްދަތު ކޯޓުން ޖަހައިދީފެއެވެ. މި ދެމީހުންގެ މައްޗަށްކޮއްފައިވަނީ ކުޑަ ކުއްޖަކާއި މެދު ޖިންސީ އަނިޔާ އެއް ހިންގި ކަމުގެ ތުހުމަތެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެންކުއްޖަކު ރޭޕްކުރުމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވަނީ މިމަހުގެ 15 ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ