ބ. އަތޮޅު ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ބ. އަތޮޅު ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ނައްތާލައިފައިވަނީ 22 ބިޔަރު ދަޅާއި، 71 ބަނގުރާ ފުޅިއެވެ. މި ތަކެއްޗަކީ 01 އޯގަސްޓް 2019 އިން 31 އޮގަސްޓް 2019 އާއި ހަމައަށް ދަރަވަންދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ދަނީ ހޯދަމުންނެވެ.

އަދި ފުލުންގެ ބެލުމުގެ ދަށުގައި ހުންނަ މަސްތުވާތަކެތި ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ނައްތާލުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ފުލުހުން ގެންދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ