އުމަރު ނަސީރު

ރާ ޢާއްމު ކޮށްފިނަމަ ދިވެހިރާއްޖޭގެ އިސްލާމީވަންތަކަން ފުނޑުފުނޑުވެދާނެ - އުމަރު

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކޭގޮތަށް ބަދަލުކޮށް، ރާ އާއްމުކޮށްފިނަމަ ދިވެހިރާއްޖޭގެ އިސްލާމީވަންތަކަން (އިސްލާމިކް އައިޑެންޓިޓީ) ފުނޑުފުނޑުވާނެކަމަށް ކުރީގެ ހޯމް މިނިސްޓަރ، އުމަރު ނަޝީރު ވިދާޅުވެއްޖެއެވެ.

ރާ ވިއްކުމަކީ އިންތިހާއަށް ފައިދާ ބޮޑު، މުއްސަނދިވާނެ ކަމެއް ކަމަށް ވިދާޅުވެ ނަޝީދު ރޭ ތޮއްޑޫގައި ވާހަކަފުޅު ދެއްކެވީ ގެސްޓްހައުސް ވިޔަފާރިން ފައިދާ ނެގިދާނެ ގޮތްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދުގެ އެވާހަކަތަކާ ގުޅިގެން "ފެށުމަށް" ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އުމަރު ވިދާޅުވީ، އިސްލާމީ ސަރުކާރެއްގައި ޢާއްމު ތަންތާގައި ރާ ނުވިއްކާނެ ކަމަށާއި، ހަޤީގަތުގައި އެއްވެސް ތަނެއްގައު ރަލެއް ނުވިއްކާނެ ކަމަށެވެ.

"ޢާއްމުންގެ ތެރެއަށް ރާ ގެނެސްފިއްޔާ މުޅި އިސްލާމީ މުޖުތަމަޢު އެއްކޮށް ފުނޑުފުނޑުވާނެ. ޙާއްޞަކޮށް ރަށްރަށުގެ ލެވެލްއަށް ގެނެސްފިއްޔާ މުޅިން ފުނޑުފުނޑުވާނެ." އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކަން ފަށައިފިނަމަ އެކަން މޮނިޓަރ ކުރަން ފުލުހުންނެއްވެސް ނުތިބޭނެ ކަމަށާއި، ގަވާއިދުތައް ތަންފީޒު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން އިސްލާމިކް އައިޑެންޓިޓީ މުޅިން ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމަށެވެ.

"މިއަދުވެސް އެތައް ބަޔަކު ޑްރަގް ބޭނުންކުރޭ، އަދި ރާ އާއްމުކޮށްފިއްޔާ ރާއްޖޭގެ އެތައް ބަޔަކީ ރާ ބޯ ބަޔަކަށް ވެގެންދާނެ." ނަޝީދުގެ ވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކޮށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ނަޝީދުވެ ވެރިކަމުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުން ހުއްދަކޮށް ރާ ވިއްކުމުގެ ގަވާއިދަށް ބަދަލު ގެނެސް ދިވެހި ސަރުކާރުގެ ގެޒެޓުގައި ދެ ފަހަރަކު ޖެހި ކަމަށާއި، ނަމަވެސް ޢާއްމު ރައްޔިތުންގެ ޕްރެޝަރާ ހެދި ދެ ފަހަރުވެސް ގަވާއިދު ގެޒެޓުން ނެގީ ކަމަށެވެ.

ރާ ވިއްކުމަކީ ފައިދާ ބޮޑު، މުއްސަނދިވާކަން ކުރަންވީ ކަމެއް ކަމަށް ނަޝީދު ވިދާޅުވެ ލައިވް ޓީވީގައި، ރާއްޖޭގެ އެތައް ބަޔަކު ބައިވެރިވި ޖަލްސާއެއްގައި ވިދާޅުވެފައިވާއިރު، ދީނީ އިލްމުވެރިންނާއި ޢާއްމު ރައްޔިތުން ގެންދަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
33
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Ahmadhu

    Umaraai eku Umarusaabas alhugadumihiree

    Indiyaa sifain mihaaru faibanvee

  2. ޚާޗުސް

    އާނ ! ބަލަގަ ބަނގުރާ އާންމުވީކަމައް ބަލާނީ ކިހާހިސާބަކުންތޯ ހަމައެކަނި މާލޭން ބަނގުރާ ހަދާ ތަކެއްޗާ ބަނގުރަލުގެ ބައިވަރުތައް ދޭތެރެ ދޭތެރޭ މިޔޮއްނެރި ހާމަކުރަނީނުންތޯ

    1
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ