ހުޅުމާލެއިން ބަނގުރާ ފުޅި ތަކަކާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެއިން ބަނގުރާ ފުޅިތަކަކާއިއެކު ހައްޔަރިކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ބަނގްލަދޭޝް ފިރިހެނުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެމީހުން ގެންގުޅުނު ދެ ދަބަހެއްގެ ތެރެއިން 20 ފުޅި ބަނގުރާ ފެނުމާ ގުޅިގެން ހުޅުމާލެ ޕޮލިހުންނެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.



