ރަލުން ލިބޭ ފާފަޔަށް ނުބަލާ މަންފާއަށް ބެލުމަކީ ދެދުނިޔޭގައި މީހާ އަބާއްޖަވެރިވާނެ ކަމެއް - އިލްޔާސް

ރަލުން ލިބޭ ފާފަޔަށް ނުބަލާ ހަމައެކަނި އެއިން ލިބޭ މަންފާއަށް ބެލުމަކީ ދެދުނިޔެއިން ވެސް އެމީހާ އަބާއްޖަވެރިވާނެ ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ރާ ވިއްކުމަށް ހިތްވަރު ދެއްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް އަމާޒުވާ ގޮތަށް، ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރަލުން ލިބޭ މަންފާއަށްވުރެ ލިބޭ ފާފަ ބޮޑުކަމަށް ﷲ ވަޙީކުރައްވާފައިވާ ހިނދު މުސްލިމުން ރަލުން ލިބޭ ފާފަޔަށް ނުބަލާ ހަމައެކަނި ލިބޭ މަންފާއަށް ބެލުމަކީ ދެދުނިޔޭގައި ވެސް މީހާ އަބާއްޖަވެރިވާނެ ކަމެއް ކަމަށެވެ.

"ރަލުން ލިބޭ މަންފާއަށްވުރެ ލިބޭ ފާފަ ބޮޑުކަމަށް ﷲ ވަޙީުރައްވާފައިވާ ހިނދު މުސްލިމުން ރަލުން ލިބޭ ފާފަޔަށް ނުބަލާ ހަމައެކަނި ލިބޭ މަންފާއަށް ބެލުމަކީ ދެދުނިޔޭގައި ވެސް މީހާ އަބާއްޖަވެރިވާނެ ކަމެއް. އިލާހީ މި ބަސްފުޅާއިމެދު ފުންކޮށް ވިސްނަވާފަ ފައިސިލާ ކުރައްވާ ކާކުތޯ ހެޔޮއެދެނީ؟ ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ވަރަށް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުކުރައްވާފައިވާ އިރު ދީނީ އިލްމުވެރިން ވަނީ މިކަމަށް ރައްދު ދެއްވާ ޓްވީޓް ކުރައްވާފައެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީންނާއި ރައީސް ޞޯލިޙް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް