ރަސްމާދޫގައި އާ އިންޖީނުގެއެއް އިމާރާތްކުރަން ޓައިނީ ނީމޯ ޙަވާލުކޮއްފި

ރ. ރަސްމާދޫގައި އާ އިންޖީނުގެ އިމާރާތްކުރަން ޓިއިނީ ނީމޯ ހަވާލުކޮސްފިއެވެ.

ފެނަކައިން ވިދާޅުވި ގޮތުގައި 5,566,046.52 ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ނ.ކެނދިކުޅުދޫ އަލަށް ޢިމާރާތް ކުރަމަށް ހަމަޖެހިފައިވާ އިންޖީނުގެ ޙަވާލުކޮށްފައިވަނީ ޓައިނީ ނީމޯއާއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދެވެ. ޓައިނީ ނީމޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިޔާމެވެ.

ފެނަކައިން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކިގެ ތެރެއިން ޢިމާރާތްކުރަން ފަށާފައިވާ 30 އިންޖީނުގޭގެ މަސައްކަތް 2020 ވަނަ އަހަރު ނިންމައި އެއިންޖީނުގެތަކުން ކަރަންޓް ދޭން ފެށޭގެންދާނެއެވެ.

މީގެ އިތުރުން ފެނަކައިންވަނީ އިންޖީނުގެތައް މީހުން އުޅޭ ޞަރަޙައްދުތަކުން އެކަހެރި ޞަރަޙައްދުތަކަށް ބަދަލުކުރުމުގެ ގިނަ މަޝްރޫޢުތަކެއްވެސް ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ