މިދިޔަ ހަފްތާގައި ސައުދީ އަރަބިއްޔާގައި 4 އަހަރުގެ ކުޑަކުއްޖަކު ސްކޫލް ބަހެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިޖެއްއެވެ.
ހަބަރުތައް ބުނާގޮތުން، މި ހާދިސާ ހިނގީ މި ކުއްޖާ ނާސަރީ ސްކޫލަށް ދާ ބަހުގައި އެ ދުވަހު ސްކޫލަށް ދިޔައިރުއެވެ. އަދި ސްކޫލާ ހިސާބުން ހުރިހާ ދަރިވަރުން ބަހުން ފޭބިއިރު މި ކުއްޖާ ނުފައިބައި ކަމަށާއި، ކުދިންތައް ފޭބުމުން ބަސް ދުއްވި ޑްރައިވަރު ބަހުގެ ތެރޭގައި އެއްވެސް ކުއްޖަކު ހުރިތޯ ނުބަލާ ބަހުން ފޭބުމަށްފަހުން ބަހުގެ ދޮރު ތަޅުލީކަމަށް ހަބަރުތައް ބުނެއެވެ.
އޭގެ 1 ގަޑިއިރު ފަހުން މިކުޑަކުއްޖާ މަރުވެފައި އޮށްވާ ފެނުނީ އެކުއްޖާ އުޅޭ ކުލާހުގެ ދަރިވަރަކަށް، ސްކޫލް ގަޑި ނިމުމަށްފަހު ގެޔަށްދާން އަލުން ހަމަ އެބަހަށް އެރިވަގުތުއެވެ. އަދި އެވަގުތު ބިރުގަނެފައިވާ ދަރިވަރުންތައް ފެނުމުން ކްލާސް ޓީޗަރުން އެތަނަށް ވަގުތުން ދިޔައެވެ.
ނޭވާ ހާސްވެގެން މަރުވެފައިވާ މި ކުޑަކުއްޖާ ފެނުމުން 2 ޓީޗަރުން އެވަގުތު އަނބުރައިގަނެގެން ވެއްޓުނުއިރު، އެތާ އެވަގުތު ތިބި އެހެން މީހުން ކަމާ ބެހޭ ފަރާތަކަށް ވަގުތުން ގުޅާ ކުޑަކުއްޖާ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމެވެސް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައިވެސް ކުއްޖާ އޮތީ މަރުވެފައި ކަމަށް ހަބަރުތައް ބުނެއެވެ.
ސްކޫލް އަދި ކަމާބެހޭފަރާތް ތަކުން މި ހާދިސާ ތަހުގީގުކުރަން ފަށާފައިވާއިރު، ގިނަ ބަޔަކު ދަނީ، މި ހާދިސާ މެދުވެރިވާން ދިމާވީ ބަސް ދުއްވަން އިން މީހާގެ ފަރުވާ ކުޑަކަމުންކަމަށް ބުނެ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ކުއްޖާ ކްލާހަށް ނައުމުން ސްކޫލުން ކުއްޖާގެ ބެލެނިވެރިންނަށް ގުޅަން ޖެހޭނެ ކަމަށްބުނެ ސްކޫލަށްވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.
މިއީ ސައުދީގައި މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. 2017 ވަނަ އަހަރު ވަނީ ހަމަ މިގޮތަށް 4 އަހަރުގެ ކުޑަކުއްޖެއް ބަހެއްގެ ތެރޭގައި މަރުވެފައެވެ.