ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާ މަރުކަޒުގައި ފޯނާއި ޓެބްލެޓް އަދި އައިޕެޑް ބޭނުން ކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވައިސް ޗެއާރމަން އަޙްމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުން އޮބްޒާވް ކުރުމުގައި އޮބްޒާވަރުންނާއި މަންދޫބުންނަށް ވޯޓުލާ މަރުކަޒުގައި ފޯނާއި ޓެބްލެޓް އަދި އައިޕެޑް ބޭނުން ކުރެވޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މަގުސަދަކީ ވީހާވެސް ފަސޭހަ ކަމާއިއެކު އިންތިޚާބު އޮބްޒާވު ކުރުމުގެ ފުރުޞަތު ދިނުން ކަމުގައި އަކްރަމް ވިދާޅުވި އެވެ.
LCE2020 gai vote lun observe kurumugai observers ashaai mandhoobunnah vote marukaz thakah phone aai tablet Adhi IPad beynun kureveyne. EC ge magusadhakee veehaaves faseyha kamaai eku observe kurumuge furusath dhinun, @avasmv @Mihaarunews @vaavu @VaguthuOnline @sunbrk
— Ahmed Akram (@akram4535) January 22, 2020
މީގެ ކުރިން ބޭއްވި އިންތިޚާބު ތަކުގައި ފޯނު ބޭނުން ކުރެވެނީވެސް މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަންޏެވެ. މީގެކުރިން އޮބްޒާވަރުންނަށް ގެންގުޅެވެނީ ކަރުދާހާއި ގަލަމަކާއި އެކަންޏެވެ.