އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން | ފޮޓޯ : އަވަސް

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމަށް ހިތްވަރުދޭ އެމްޑިޕީ މެންބަރުންނަށް ފިޔަވަޅު އަޅަނީ

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމަށް ހިތްވަރުދޭ އެމްޑިޕީގެ މެންބަރުންނަށް ފިޔަވަޅު އަޅަން ތައްޔާރުވެއްޖެއެވެ.

އެމްޑީޕީއިން މިއަދު ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވުމަކީ އެ ޕާޓީގެ އެންމެ އިސް ވިސްނުން ކަމަށެވެ.

"އެފަދަ ކަންކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކާ އަދި އަމަލުކުރާ މެންބަރުން ދެނެގަތުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީ މިއަދު 12:00 ގައި ބައްދަލުވާނެ." އެމްޑީޕީއިން ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމަށް ހިތްވަރުދޭ އެމްޑިޕީގެ މެންބަރުންނަށް ފިޔަވަޅު އަޅާނެކަމުގެ އިޝާރާތެއް އެ ޕާޓީއިން ދިންއިރު، އުމުރުން ދެ އަހަރު ނުފުރޭ ކުއްޖާ ރޭޕްކުރި މައްސަލައިގައި، ރޭޕް ނުކުރާކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ތުހުމަތު ކުރާކަމުގެ އަޑުތަކެއް ވަނީ ގަދަވެފައެވެ.

އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕް ކުރި މައްސަލަ ފެންމަތިވި ފަހުން ފޮރުވިފައި ހުރި ޖިންސީ ގޯނާއާއި ރޭޕްގެ އެތައް މައްސަލައެއް ފެންމަތިވެ އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ