މިއަދު ހެނދުނު އައިޖީއެމް ހޮސްޕިޓަލުން ފިލި ޤައިދީ ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަނުން ވިދާޅުވެފައި ވަނީ މިއަދު ފިލި ޤައިދީ ހޯދާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ކަމަށާއި، މި މަސައްކަތުގައި އެފަރާތުން ވެދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ.
ޑޮކްޓަރަށް ދައްކަން ގެންގޮސްގެން އުޅެނިކޮށް މިއަދު ފިލާފައި ވަނީ މަސްތުވާތަކެތީ މައްސަލައެއްގައި މާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންއައި އުމުރުން 24 އަހަރުގެ އައިސަރު ނަސީމްއެވެ.
ކަރެކްޝަނުން ވިދާޅުވީ އައިސަރު އަލުން ހައްޔަރު ކޯށްފައިވަނީ މިއަދު 14:10 ހާކަންހާއިރު ކަމަށާއި، އޭނާ މިހާރު ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އޭނާ ފިލާފައި ވަނީ އައިޖީއެމްއެޗް އިން ޓެސްޓުތަކެއް ހައްދަން ވެގެން ކޮޓަރިއަކަށް ވައްދާފައި ހުއްޓައެވެ.



