14 އަހަރުގެ ކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސިފައިންގެ މީހާ ސަސްޕެންޑް ކޮށްފި

މާލޭގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް ރޭޕް ކުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ސިފައިންގެ މީހާ ހައްޔަރަށް ގެންދިޔަ ވަގުތުން ފެށިގެން ސަސްޕެންޑް ކޮށްފައިވާކަމަށް އެމްއެންޑީއެފް އިން މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޖަނަވަރީ 22 ގައި ސިފައިންގެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންދިޔަކަމުގެ މަޢުލޫމާތު އެރޭގެ 20:00 ގައި ސިފައިންގެ މުއައްސަސާއަށް ފުލުހުންގެ އިދާރާއިން ޙިއްސާކުރެއްވުމާއި ގުޅިގެން ސިފައިންގެ މުއައްސަސާގެ ޤަވާއިދުގައިވާ ގޮތުގެމަތިން ސިފައިންގެ ކަމާބެހޭ ކޮމިޓީ ބައްދަލުކޮށް، ފުލުހުންގެ ހައްޔަރަށް ގެންދިޔަ ސިފައިންގެ މީހާ، އޭނާ ހައްޔަރަށް ގެންދިޔަ ވަގުތުން ފެށިގެން ވަނީ ސަސްޕެންޑްކޮށްފައި ކަމަށެވެ.

ސިފައިންގެ މީހަކާމެދު މިބާވަތުގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމުގެ މަޢުލޫމާތު ސިފައިންގެ މުއައްސަސާއާއި ހިއްސާކުރުން ލަސްވެފައިވާކަން މައްޗަށް ސިފައިންގެ މުއައްސަސާއިންވަނީ ހިތާމަ ފާޅުކޮށްފައެވެ.

"ސިފައިންގެ މީހަކާމެދު މިބާވަތުގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރަށް ލިބިވަޑައިގަތުމުން އެ މަޢުލޫމާތު މި މުއައްސަސާއާއި ޙިއްސާކުރެއްވިނަމަ އަދި ފުލުހުންގެ އިދާރާއިންވެސް ސިފައިންގެ މީހަކާއިމެދު މިފަދަ މައްސަލައެއް ބައްލަވާކަމުގެ މަޢުލޫމާތު މިމުއައްސަސާއާ ޙިއްޞާކުރެއްވިނަމަ، މި މުއައްސަސާގެ ޤަވާޢިދުތަކުގައިވާ ގޮތުގެ މަތީން މި މުއައްސަސާއިން ވަޤުތުން ބަލާ ވަޤުތުން ފިޔަވަޅު އެޅުނީހެވެ." ސިފައިންގެ މުއައްސަސާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ސިފައިންގެ މީހަކު ކުޑަކުއްޖަކު ރޭޕްކުރިކަމުގެ ވާހަކަ ފެންމަތިވެފައިވަނީ ކަނޑުހުޅުދޫ ރޭޕް މައްސަލަ ފެންމަތިވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުުވުމުގައި ސިފައިންގެ ދެ މީހަކު ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވުމާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ