މިރޭވެސް ރާއްޖެއަށް މޫސުން ގޯސްކަމަށް މޫސުމާއިބެހޭ ޤަޢުމީ އިދާރާއިން ބުނެފިއެވެ.
ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފައި މިވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ސަރަހައްދަކަށެވެ.
Alert white for average strong winds pic.twitter.com/BHPJ4xyj6c
— Maldives Meteorology (@MetMaldives) January 23, 2020
މިރޭ 18:00 ދަންވަރު 12:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް 23 މޭލާއި 29 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރަކުރުން އެކަށީގެންވާކަމަށާއި، އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
އަދި މެދުތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށާއި މިސަރަޙައްދުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާކަމަށެވެ.
މީގެއިތުރުން ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާކަމެއްކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.




