ރޯދަމަހަށް އަދާލަތު ޕާޓީން 50 ހާފިޒުން ގެންނަނީ

ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ، ތަރާވީހު ނަމާދުކުރަން ބޭރުން 50 ހާފިޒުން ގެންނަން ނިންމާފައިވާކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ހާފިޒުން ރާއްޖެ ގެނައުމާއި އަންބުރާ ފޮނުވާލުމާ ދެމެދު ހިނގާ ހުރިހާ ހަރަދަކަށް މި އަހަރު ނަގަން ހަމަޖެހިފައިވަނީ 26000 ރުފިޔާ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

އަދާލަތު ޕާޓީން ބުނީ އެ ޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ޝައުޤުވެރިވާފަރާތްތަކުން 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އެ ޕާޓީގެ މަރުކަޒީ އިދާރާ (ހ.ފުލިދޫގެ، 3 ވަނަ ފަންގިފިލާ) އަށް ނުވަތަ މިޕާޓީގެ އީމެއިލް، [email protected] އަށް ލިޔުމަކުން އެކަން އަންގަވައި، ފައިސާ ދެއްކެވުން އެކަން ހަމަޖެހިގެން ދާނެ ކަމަށެވެ.

މިދިޔަ އަހަރު ރޯދަ މަހުވެސް އަދާލަތު ޕާޓީން ވަނީ ހާފިޒުން ގެނަސް އެކިރަށްތަކަށް މިގޮތަށް ފޮނުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ