ތެލުގެ އަގު ބޮޑުކޮށްފި

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑުކުރަން ނިންމައިފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ 15 މާރޗް 2019 އިން ފެށިގެން ޑީސަލް ލީޓަރަކުން 72 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 60 ލާރި ބޮޑު ވާނެ ކަމަށާއި، މިއަދުން ފެށިގެން އެސްޓޯއޯގެ ފިއުލް ސްޓޭޝަން ތަކުން ތެޔޮ ވިއްކާނީ ޑިސަލް ލީޓަރެއް 11.61ރ އަދި ޕެޓްރޯލް ލީޓަރެއް 10.79ރ އަށް ކަމަށެވެ.

ޖަނަވަރީ މަހު އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން 2 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ އަގު ހެޔޮ ކޮށްފައިވާއިރު، ފެބުރުވަރީ މަހު ޑީސަލްގެ އަގު ބޮޑުކޮށްފައިވެއެވެ.

އެސްޓީއޯ އިން ވިދާޅުވި ތެލުން ބޮޑު ފައިދާ ނެގުމަކީ އެސްޓީއޯގެ އަމާޒެއް ނޫން ކަމަށާއި، އެސްޓީއޯއިން ތެލުގެ އަގު ބޮޑޮ ކުރަން ނިންމަނީ ގަންނަން ލިބޭ އަގު ބޮޑުވެ، ދިގުދެމިގެން ދާ ހާލަތްތަކުގައި ކަމަށާއި އަގު ހެޔޮ ވެއްޖެނަމަ ވީ އެންމެ އަވަހަކަށް އަގަށް ހެޔޮ ބަދަލު ގެނައުމަކީ އެސްޓީއޯއިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ.

ދިވެހި ރާއްޖެ އަށް އެތެރެ ކުރަނީ ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކެވެ. ސާފު ކޮށްފައި ހުންނަ ތެޔޮ ބާޒާރުގައި ލިބެން ހުންނަނީ ސާފުނު ނުކުރާ ތެލަށްވުރެ އަގު ބޮޑުކޮންނެވެ. އެހެންނަމަވެސް ބެންޗްމާރކް ތަކުގެ އަގަށް އަންނަ ބަދަލުތަކާއި އެއް މިންވަރަކަށް ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކަށްވެސް ބަދަލު އަންނަ ކަމަށް އެސްޓީއޯ އިން ވިދާޅުވެއެވެ.

އެސްޓީއޯ އިން ތެލުގެ އަގު ބޮޑު ކުރިއިރު މިދިޔަ ޑިސެމްބަރ މަހު ވަނީ ތެލުގެ ބާވަތްތަކުން ޑިއުޓީ ނެގުން ހުއްޓާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް