ގްރޫޕަކުން ރޭޕްކުރީ 14 އަހަރުގެ ކުއްޖެއް، ހަތަރު މީހުން ހައްޔަރުކޮށްފި

މެދުރާއްޖެތެރޭގެ ރަށެއްގައި ތިން މީހުންގެ ގްރޫޕަކުން ރޭޕްކޮށްފައިވަނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ ފުލުހުން ވިދާޅުވީ، ތިން މީހުން ވެގެން ރޭޕްކޮށްފައިވަނީ 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ކުރިން ދެންނެވުނީ އޮޅުމަކުން ކަމަށާއި، ރޭޕްގެ ޝިކާރައަކަށް ވެފައިވަނީ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމަށެވެ.

މި މައްސަލައިގައި ރޭޕް ކުރުމުގެ ތުހުމަތު ކުރެވޭ 4 މީހުން މިއަދު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 18 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.

14 އަހަރުގެ މި ކުއްޖާ މެދުރާއްޖެތެރޭގެ ރަށެއްގައި ރޭޕް ކޮށްފައިވަނީ 2020 ޖަނަވަރީ 22 ވަނަ ދުވަހުގެރޭ 20:15 ހާއިރު ކަމަށް ފުލުހުން ވަނީ ކުރިން ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި، ރޭޕްކުރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، މި މައްސަލަތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށާއި، ޒިންމާ ނުނެގޭ ސަރުކާރުގެ ވެރިން އިސްތިއުފާ ދިނުމަށްވެސް ދަނީ ގޮވާލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. މީހެއް

    Kuree ga kuri ehves kameh mihaaru huri heneh hieh nuvey kurin hama islaam dheenaa eh gotha hurihaa kameh vas dhiya ee dho

  2. މީހެއް

    Misarukaaru naanna iru raahjeyga othee islaamee sari ay hen heeva nee mi haaru mi dhakaa vaahaka thakun

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ