ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ފުވައްމުލަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓު އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 10:00 އިން ދަންވަރު 1:00 އާއި ދެމެދަށެވެ. މެޓު އޮފީހުން ނެރުނު ޔެލޯ އެލާޓުގައި ބުނެފައިވަނީ، ފުވައްމުލަށް ސިޓީއިން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
Torrential rain and thunderstorms expected pic.twitter.com/dqcIGe9rtY
— Maldives Meteorology (@MetMaldives) January 24, 2020
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރަކުރުން އެކަށީގެންވާކަމަށާއި، އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
މީގެއިތުރުން ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާކަމެއްކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.




