ފޮރިންގ މިނިސްޓަރ ޝާހިދު ރައީސް ޞޯލިޙް އަރިހުގައި - ފޮޓޯ: ރައީސް އޮފީސް

ދިވެހި ސަރުކާރުން ޗައިނާގައި ތިބި ދިވެހިންނަށް އެހީވަނީ

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި 7 ދިވެހިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން މިއަދު ނިންމަވައިފިއެވެ.

ޗައިނާގަ ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ދަނީ މި އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ވޫހާންގަ ތިބި ދިވެހިންގެ ހާލު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ގެންދަނީ ވަރަށް ގާތުން ބަލަމުންނެވެ.

ފޮރިންގ މިނިސްޓްރީން ވިދާޅުވީ، ޗައިނާގެ ވޫހާން ސިޓީގައި ތިބި 7 ދިވެހުންގެ ހާލު ވެސް ރަގަޅު ކަމަށެވެ. ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި ވޫހާންގައި ތިބި 7 ދިވެހިން އެސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސެވުމުގެ ގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ދަނީ ޗައިނާ ސަރުކާރާއި މަޝްވަރާކުރަމުންނެވެ.

ހަމަ މިކަމާއި ގުޅޭގޮތުން، ވޫހާން ސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒު އިންވަނީ ދެއްވާފައެވެ.

ޗައިނާގެ އެކި ހިސާބުތަކަށް މިވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި، ޗައިނާގެ އެކި ސަރަހައްދުތަކުގައި ތިއްބެވި ދިވެހިން، އެފަރާތްތަކާއި ގުޅޭނެ މައުލޫމާތު މިނިސްޓްރީ އޮފް ފޮރިން އެފެއާޒު ނުވަތަ ބެއިޖިންގގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ހިއްސާކުރެއްވުމުގެ މުހިންމުކަން ފާހަގަ ކޮށް އެ މައުލޫމާތު ހިއްސާކުރެއްވުމަށް އިލްތިމާސްކުރަމެވެ.

ކޮންސިއުލަރ އިމަރޖެންސީ ނަމްބަރު: 798340

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ