ކައްދޫ އެއާޕޯޓު އިންޓަރނޭޝަނަލް ކުރަން ނިންމެވުމުން ޖާބިރުގެ ތައުރީފު ރައީސް އަށް

ކައްދޫ އެއާޕޯޓު އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރައްވަން ނިންމެވުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ތައުރީފު ކުރައްވައިފި އެވެ.

ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްދުންމައްޗަކީ ރާއްޖޭގެ ވިޔަފާރީގެ މައި ނާރެހަކަށް ހެދިދާނެ ކަމަށާއި އެ އަތޮޅަކީ ބިން ބޮޑުވެފައި ވަސީލައްތައް ގިނަވެފައި މުރާލި ރައްޔިތުން ދިރިއުޅޭ އަތޮޅެއް ކަމަށެވެ.

ޖާބިރު ވިދާޅުވީ ކައްދޫ އެއާޕޯޓު އިންޓަރނޭޝަނަލް ކުރެވި، އައްސޭރި ޕްރޮޖެކްޓާއިއެކު ލ އަތޮޅުގައި ޓޫރިޒަމް މެކުހަށް ޖެހޭނެ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ދުރު ވިސްނުމަށް ޖާބިރުވަނީ ސާބަސް ދެއްވާފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުވަނީ ލ. ކައްދޫ އެއާޕޯޓް އިންޓަރނޭޝަނަލް ކުރެއްވުމަށް ނިންމަވާފައިވާކަން "އެޖެންޖާ 19 ހައްދުންމަތީ ކޮންފަރެންސް" ގައި ވާހަކަ ދައްކަވަމުން އިއުލާން ކުރައްވާފަ އެވެ.

ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ހައްދުންމަތީގައި އޮންނަ އެއާޕޯޓް އިންޓަރނޭޝަނަލް ކުރުމަކީ އެއަތޮޅު އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ. އެގޮތުން އެ އެއާޕޯތް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް މިއަހަރުގެ ތެެރޭގައި ފައްޓަވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ