ޔާމީން އަށް ރައީސް ކިޔާފައި މުހާތަބުނުކުރުމުން ޝަހީމްގެ ހިތްހަމަ ނުޖެހުން އިމްރާން އަށް

މަނީ ލައުންޑަރިންގެ މައްސަލައެއްގައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް "ރައީސް" ކިޔާފައި މުހާތަބު ނުކުރުމުން ޑރ މުޙައްމަދު ޝަހީމު އަލީ ސައީދުގެ ހިތްހަމަނުޖެހުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ރައްދަކޮށްފިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހުންނެވި ޝަހީމު މިއަދު ހޯމް މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން ވިދާޅިވީ ރައީސް ނަޝީދު އަށާއި ރައީސް މައުމޫނަށް "ރައީސް" ކިޔާފައި ރައީސް ޔާމީން އަށް ރައީސް ނުކިޔުއްވީ ކީއްވެތޯއެވެ.

ޝަހީމު ވިދާޅުވީ އިމްރާން އެވެ. އެއީ ރާއްޖޭގެ ކުރީގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. 2 ރައީސުންނަށް "ރައީސް" ލާފައި، ނަމަވެސް ޔާމީންގެ ނަންފުޅުން "ރައީސް" ކަނޑާލީ ކީއްވެތީ ޝަހީމު ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ބޭއިންސާފުން ކަމަށާއި އެމަނިކުފާނު މިނިވަން ކުރަންޖެހޭ ކަމަށްވެސް ޝަހީމު ވިދާޅުވެފައި ވެއެވެ.

މިނިސްޓަރ އިމްރާން މިއަދު ކުރެއްވި ޓްވީޓުގައި ރައީސް ޔާމީންގެ ނަންބޭނުން ކުރައްވާ މުހާތަބު ކުރައްވާފައި ވަނީ މަނީ ލައުންޑަރިންގެ ކުށުގައި 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މއ. ކާމިނީހުޅަނގުގެ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކިޔާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ