ތިނަދޫ މެޖިސްޓްރޭޓް ކޯޓް

54 ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހޯދުމަށް އިޢުލާން ކޮށްފި

ނޫނު ނަންބަރު: 2008/10 (ޖޫޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫ) އަށް ގެނެވުނު 2 ވަނަ އިސްލާޙަށް އިތުރު ކުރެވުނު 1-21 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފުގެ މަޝްވަރާގެ މަތިން ހިންގައި ބެލެހެއްޓުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްޢޫލިޔަތެއްކަން ވަނީ ކަނޑައަޅާފައެވެ.

ޤާނޫނަށް ގެނެވުނު މިދެންނެވި އިސްލާހާއި ގުޅިގެން 2019 އޮކްޓޫބަރ 20 ވަނަ ދުވަހު މި ޑިޕާޓްމަންޓުން ޢާއްމު ކުރެވުނު ޢާއްމު ސިޓީ ނަންބަރު: 11/2019 "ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލު" ގެ 2 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ މަތިން މިއަދު ވަނީ ސިވިލް ކޯޓު އަދި ފަންސާސް ތިން މެޖިސްޓްރޭޓް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމަށްޓަކައި އިޢުލާން ކުރެވިފައެވެ

މިއަދު އިޢުލާން ކޮށްފައިވަނީ މި ދެންނެވި އުޞޫލުގައި ވާ ފަދައިން ކޯޓުތަކުގެ ދަރަޖައަށާއި، އިޚްތިޞާސަށާއި، މަސައްކަތުގެ ލޯޑަށް ބަލައިގެން ފާއިތުވި ތިން އަހަރު ހުށަހެޅުނު މައްސަލައިގެ އެވެރެޖް 50 އަށްވުރެ އިތުރުވެފައިވާ ކޯޓުތަކަށާއި އަދި އެވްރެޖްގައި 49 ހަމަވެ، ދަތުރު ފަތުރުގެ ފަސޭހައަށް ރިޢާޔަތްކޮށް ޗީފް އެޑްމިނިސްޓްރޭޓަރ (އެމް.އެސް 3) ގެ މަޤާމް އިތުރު ކުރެވިދާނެކަމަށް ފެންނަ ކޯޓުތަކަށްކަމަށް ބުނެފައިވެއެވެ. .

މިއަދު ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމަށްޓަކައި އިޢުލާން ކުރެވުނު ކޯޓުތަށް ތިރީގައި މިވަނީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ