ޑީޖޭއޭ އަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އެއް ހޯދުމަށް އިޢުލާނުކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓަރޭޓަރ އެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.

ޖޭއެސްސީ އިން ވިދާޅުވެފައިވަނީ މި މަޤާމަށް ކުރިމަތި ލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 އޯގަސްޓް 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާ މަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދޭކަމަށެވެ.

މި މާޤާމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން އަދި އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި، މުސްލިމަކު ކަމުގައި ވުމާއި، ދިވެހިރައްޔިތަކަށް ވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމެވެ.

މި މަޤާމަށް މީހަކު އައްޔަން ކުރުމަށް ހަމަޖެހިފައިވަނީ 5 އަހަރތު ދުވަހުގެ މުއްދަތަށެވެ. މި މަޤާމަށް އަސާސީ މުސާރައިގެ ގޮތުގައި 30،500 ރުފިޔާ ކަނޑައެޅިފައިވާއިރު، ލިވިންގ އެލެވަންސްއަށް 15،000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ. އަދި ފޯނު އެލެވެންސްގެ ގޮތުގައި މަހަކު 2،000 ރުފިޔާ ލިބޭނެ ކަމުގައިވެސް އިޢުލާނުގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ