ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ލުއި ގޮތެއް ހަމަޖައްސައިފި

ކޮވިޑް-19 އާއި ގުޅިގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ލުއި ގޮތެއް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސަވައިފިއެވެ.

އެގޮތުން ޑީޖޭއޭ އިން މިއަދު ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އިޢުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މިދުވަސްވަރުގައި، ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެފަރާތުން ފޯރުކޮށްދެމުންދާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި، މެއިލް މެދެވެރިކޮށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފައިވާކަމަށެވެ.

އެގޮތުންކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު records@judiciary.gov.mv އަށް މެއިލް ކުރެއްވުމުން ރެކޯޑު ސާފުކުރެވޭނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާ ފޯމުތަކުގައިވާ ރެކޯޑު ސާފުކުރެއްވުމަށްފަހު މެއިލް މެދުވެރިކޮށް ޖަވާބު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 7766768 މިނަންބަރަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށް އެފަރާތުން ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މުއްދަތުގައި، ޝަރީއަތުގެ މަޖިލިސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ސްޕްރީމް ކޯޓުންވެސް ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ