ކުޑަކުދިން ތަކަކަށް ޖިންސީ ގުނަވަން ދެއްކި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިހިނގާ ޖެނުއަރީ މަހުގެ އެކިދުވަސްމަތިން ކުޑަކުދިން ތަކަކަށް ޅ. ނައިފަރުގެ 60 އަހަރުގެ ދިވެހި ފިރެހެނަކު ޖިންސީ ގުނަވަން ދެއްކި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިއަދު އިރުއޮއްސި 6:10 ގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިމައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރޭޕްގެ މައްސަލަތައް މިފަހަކަށް އައިސް ރިޕޯޓްކުރާ މިންވަރުވަނީ ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ. އަދި މިފަދަ އަމަލުތަކާއި ދެކޮޅުހަދައި މިފަދަ އަމަލުތަކަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި މާލެޔާއި އަތޮޅުތެރޭ ރައްތަކުގައި އަންނަނީ ސިލްސިލާ ހިނގާލުންތަކާއި އެއްވުންތައް ބާއްވަމުންނެވެ.
ޖިންސީ ގޯނާކުރުމާއި ރޭޕްގެ މައްސަލަތައް ތަހުގީގުކޮށް ހުކުމް އިއްވުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.