ކެނަޑާއިންވެސް ކްރޯނާ ވައިރަސް ފެނިއްޖެ އެވެ.
ކެނަޑާގެ ޕަބްލިކް ހެލްތު އޮފިސަރުން ވިދާޅުވެފައިވަނީ ކްރޯނާ ވައިރަސް ފެނިފައިމިވަނީ ޗައިނާގެ، ވުހާން ސިޓީ އިން ކެނަޑާގެ ޓްރަންޓޯ ސިޓީއަށް ދަތުރުކުރި 50 އަހަރުގެ މީހެއްގެ ގައިން ކަމަށެވެ.
އެމީހާ އަކީ ޗައިނާގެ ވުހާން ސިޓީ އަށް ވަރަށް ފަހުން ދަތުރުކުރި ފަރާތެއްކަމަށް ކެނަޑާގެ ޕަބްލިކް ހެލްތު އޮފިސަރުން ވަނީ ވިދާޅުވެފައެވެ. މިމީހާއަށް މިހާރު ޓްރޮންޓޯގެ ސަނީބްރޫކު ހެލްތު ސައިންސް ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
މިމިހާގެ ފަރާތުން އިތުރު މީހަކަށް ކްރޯނާ ވައިރަސް ޖެހިފައިވާކަން އަދި ބުނަން ނޭނގޭކަމަށްވެސް ކެނެޑާގެ ހެލްތު އޮފިސަރުން ވަނީ ބުނެފައެވެ. ފްލައިޓް ތެރޭންވެސް ކައިރީގައި ހުރި އެހެން މީހެއްގެ ގަޔަށް ކްރޯނާ ވައިރަސް އެރުމަކީ އެކަށީގެންވާކަމެއް ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ.
ކްރޯނާ ވައިރަސް މިހާތަނަށް ޗައިނާގެ އިތުރުން އެމެރިކާ، ފްރާންސް، އޮސްޓްރޭލިއާ، ޖަޕާން، މެލޭޝިއާ، ސިންގަޕޫރު، ސައުތު ކޮރެއާ، ތައިވާން، ތައިލެންޑު އަދި ވިއެތުނާމް އިން ވަނީ ފެނިފައެވެ.
މިހާތަނަށް ކްރޯނާ ވައިރަސް ޖެހިގެން 42 މީހަކު މަރުވެފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 1370 މީހުން ވަނީ ކްރޯނާ ވައިރަހަށް ޕްޒިޓިވް ވެފައެވެ.




