އިނގިރޭސިވިލާތުން ދިވެއްސެއް ފައްސިވިކަން އަދި ޔަގީނެއްނުވޭ

އިނގިރޭސިވިލާތުން ދިވެއްސެއް ފައްސި (ޕޮޒިޓިވް) ވިކަން އަދި ޔަގީން ނުވާކަން ކޮވިޑް-19 ޓާސްކް ފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ އަންޑަރ ސެކްރަޓަރީ މަބްރޫކް ވިދާޅުވީ މިހާ ހިސާބަށް އައިއިރުވެސް އިނގެރޭސިވިލާތުން ދިވެއްސަކު ފައްސިވި ޚަބަރާއި ގުޅޭގޮތުން އިތުރު އަޕްޑޭޓެއް ލިބިފައި ނުވާކަމަށެވެ.

އިނގެރޭސިވިލާތުގައި ދިވެއްސެއް ކޮވިޑް-19 އަށް ފައްސި ވެފައިވާކަމަށް މިއަދު ވަނީ ޚަބަރުތައް ފެތުރިފައެވެ. އެހެންނަމަވެސް އެކަމާއި ބެހޭ އަޕްޑޭޓެއް ލިބިފައި ނުވާކަމަށެވެ. ސަރުކާރުން އަދި މިހާތަނަށް މިކަން ޔަޤީންކޮށްދީފައެއް ނުވެއެވެ.

ޔޫއޭއީ އިން ދިވެއްސެއް ފައްސިވެފައިވާކަމަށް އެގައުމުގެ ސަރުކާރުން ވަނީ ރޭގެ ވަގުތެއްގައި އިއުލާން ކޮށްފައެވެ. ނަމަވެސް ޔޫއޭއިން ދިވެއްސަކު ފައްސިވެފައިވާކަމަށް ދެކެވޭ ހަބަރު މަބްރޫކް ވަނީ ދޮގު ކުރައްވާފައެވެ. އަދި ދިވެއްސަކު ފައްސިވެފައި ނުވާކަން ޔަގީންވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ