ޝައިޚް ޢަލީ ޒައިދު

މިހާލަތުގައި ސްކޫލްތަކަށް ކުދިން ފޮނުވުން ރައްކާތެރިތޯ؟ - ޒައިދު

ސްކޫލްތަކަށް މިހާލަތުގައި ކުދިން ފޮނުވުން ރައްކާތެރިތޯ، މައްސޫރު ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ސުވާލުކުރައްވައިފިއެވެ.

ޝެއިޙް މިހެން މިފަދައިން ސުވާލު ކުރައްވާފައި މިވަނީ ދުނިޔޭގެ އެކަންކޮޅު ތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހެއް ރާއްޖެއިން ފެނިފައިވަނިކޮށެވެ. "ކިހިނެތްތޯ އެޑިޔުކޭޝަނުން ވިސްނަމުން ދަނީ ސްކޫލްތައް ބަންދުކުރުމާ ގުޅޭގޮތުން" ޒައިދު ވިދާލުވެފައިވެއެވެ.

ޝެއިޚް އިތުރަށް ވިދާޅުވެފައިވަނީ ވައިރަސް ފެތުރޭ ކަމުގެ ބިރުވެރި ޚަބަރު މިހާރުވަނީ ވަރަށް ބޮޑަށް ފެތުރިފައިކަމަށެވެ. ނުރައްކާތެރި ކޮރޯނާ ވައިރަށްއަށް ޝައްކު ކުރެވޭ ދިވެއްސެއް ރާއްޖެއިން ފެނިފައިވާކަމަށް ހެލްތް މިނިސްޓްރީން ވަނީ މިހާރު ކަށަވަރު ކޮށްދެއްވާފައެވެ.

ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި މި ވައިރަސް މިހާރު ވަނީ ދުނިޔޭގެ ގިނަ ޤައުމު ތަކަކުން ފެނިފައެވެ. އެގޮތުން ރާއްޖޭގެ އަވަށްޓެރި އިންޑިއާއާއި ސްރީލަންކާއިންވެސް ވަނީ މި ވައިރަސް ފެނިފައެވެ.

ރާއްޖެއިން ރޭ މިބައްޔަށް ޝައްކު ކުރެވިފައިވަނީ އުމުރުން 20 އަހަރުގެ ޒުވާނެކެވެ. އޭނާ މިހާރު ވަނީ ކ. ފުނަދޫގައި ކަރަންޓީނުކޮށްފައެވެ. ހެލްތް މިނިސްޓްރީން ވިދާޅުވެފައިވަނީ އެ ޒުވާނާގެ ޓެސްޓްގެ ނަތީޖާ މިއަދު ލިބޭނެކަމަށެވެ.

ރާއްޖެއިން މި ނުރައްކާތެރި ވައިރަހަށް ޝައްކުކުރެވޭ މީހެއް ފެނިފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕޮރޮޓެކްޝަން އެޖެންސީއިންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ވައިރަހަކީ ފަސޭހައިން ގައިންގަޔަށް އަރާވައިރަހެއްކަމުން ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އެހެން ކަމުން ބައެއް އާންމު ފަރާތްތަކުން ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރުމާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދައްކަމުންނެވެ.

ނަމަވެސް ސަރުކާރުން މިކަމުގައި އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
16
ގުޅުންހުރި ލިޔުންތައް

3 Responses

  1. Kujjaa

    Kameh dhimaavumuge kurin ekamakah vaan jehay thayyaaree vaan jehayne ehenve school bandhukury.. kihineh vee mihaaru beleniverin school ah dhaan veetha?dhaa hih vanytha?dhaanvee hama✌️

  2. Beleniverinn

    Bala raahjeyin adhi nufennanya keehkuran school bandhukurany? Sakku kurrevunakas school bandhukuraskah nujehey. Raahjein beyrun meehun etherevun huhtuvabala.

    2
    5
    • މީހެއް

      School dhoshuga emmen thoh jehigen neyvaa nulevey kudhin balaa dhaa gady ga ves ..visnaalan rangalhu

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ