ރައީސް އޮފީސް

3 ފެބުރުވަރީ 2020 އަކީ ބަންދު ދުވަހެއް ކަމުގައި ސަރުކާރުން ހަމަޖައްސައިފި

3 ފެބުރުވަރީ 2020 އަކީ ބަންދު ދުވަހެއް ކަމުގައި ސަރުކާރުން ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ނެރެފައިވާ ދެންނެވުމެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް މި އޮފީހުގެ ނަންބަރު 2019/4 (21 ޖަނަވަރީ 2019) ގެ ދެންނެވުމުން ހަމަޖައްސަވައިފައިވާތީ، ރައްޔިތުންގެ މަޖިލީހަށް މި އަހަރު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަސްކަމަށްވާ 2020 ފެބުރުވަރީ 3 ވާ ހޯމަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖައްސާފައިވާކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް އެ އަހަރެއްގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ފަށަން ޖެހޭއިރު، މާދަން ނޫން އަނެއް ދުވަހު ރައީސް ޞާލިހް އިއްވަވާ ރިޔާސީ ބަޔާނަކީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނެވެ. 

އަދި މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ