ސޯޝަލް ސެންޓަރުގައި ކުރިޔަށް ގެންދިޔަ ވެކްސިން ދިނުމުގެ ހިދުމަތް މެދު ކަނޑާލައިފި

20 ޖަނަވަރީ އިން ފެށިގެން ސޯޝަލް ސެންޓަރުގައި ކުރިޔަށް ގެންދިޔަ ވެކްސިން ދިނުމުގެ ހިދުމަތް މިއަދުން ފެށިގެން މެދުކަނޑާލެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

ރާއްޖެއިން ހިމަބިހި ފެނުމާއި ގުޅިގެން ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ވަނީ ބައެއް ސަރަހައްދު ތަކުގެ އެމްއާރް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ވަނީ ފަށައިފައެވެ.

އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި 6 މަހާއި 18 މަހާއި ދެމެދުގެ ތުއްތު ކުދިންނަށް އެމްއާރް ވެކްސިންގެ އިތުރު ޑޯޒެއް ދިނުމަށާއި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މީސަލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ކުދިންނަށް ވެކްސިން ދޭނެ ގަޑިތައް އާންމުކޮށްފައެވެ.

ދަމަނަވެށި، އޭޑީކޭ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ގައި ހުކުރު ދުވަސް ފިޔަފައި ކޮންމެ ދުވަހަކުވެސް ވަކި ގަޑި ތަކެއްގައި ވެކްސިން ޖަހުމުގެ އިންތިޒާމް ވަނީ ހަމަޖައްސަފައެވެ.

ހިމަބިހި ޖެހިފައިވާ މީހުން ވަނީ ރާއްޖެއިން ފެންނަން ފަށައިފައެވެ. މީގެ 3 ދުވަސް ކުރިން އެޗްޕީއޭ އިން ބުނެފައިވަނީ މިހާތަނަށް ހިމަބިއްސައް 8 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ