ހދ. ނޮޅިވަރަންގައި ޒުވާން ފިރިހެން ކުއްޖަކު ދަންޖެހިގެން މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ، ނޮޅިވަރަން، ހިރިކުއްޅަގޭ މުޙައްމަދު ޝަރީފްއެވެ. އޭނާއަކީ 18 އަހަރު ފުރިފައިވާ ޒުވާނެކެވެ.
ނޮޅިވަރަން ޞިއްޙީމަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މަރިޔަމް ހަބީބާ ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި، އިތުރަށް މަޢުލޫމާތު ހިއްޞާކުރެވެން ނެތްކަމަށެވެ.
ނޮޅިވަރަމުން "ފެށުމާ" ވާހަކަ ދެއްކި މީހަކު ބުނީ، މުޙައްމަދު ޝަރީފް ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު މެންދުރު 12:30 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ނިދާ ކޮޓަރިން ކަމަށެވެ. ބެޑްޝީޓެއް ބޭނުންކޮށްގެން އޭނާ ދަންޖެހިފައި ހުރީ ނިދާ ކޮޓަރީގެ ފަންކާގައި ކަމަށްވެސް އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި މަރުވި މުޙައްމަދު ޝަރީފް ނިދާ ކޮޓަރީގައި އިތުރު މީހަކުވެސް ނިދައެވެ. އެ ކޮޓަރީގައި ދެން ނިދާ މީހާ މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ދިއުމުން ޝަރީފް ކޮޓަރިން ބޭރަށް ނިކުތުމަށްފަހު ވަތް ގޮތަށް ނުނިކުންނަ ކަމަށާއި، އޭނާ ދަންޖެހިފައި ހުރިކަން އެނގުނީވެސް ކުޅުދުއްފުއްޓަށް ދިޔަ މީހާ އައިސް ކޮޓަރިއަށް ވަމުނުން ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
މުޙައްމަދު ޝަރީފް ދަންޖެހިގެން މަރުވިއިރު، އޭނާގެ ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގެ ވާހަކަ ހަލުވިކަމާއެކު އެރަށުގައި ވަނީ ފެތުރިފައެވެ.
ހިޔާލު
އޭނާގެ ލޯބިވެރިޔާ ބަނޑުބޮޑު ވީމަތަ އޭނަ މަރުވީ ..
އޭނާގެ ލޯބިވެރިޔާ ބަނޑު ބޮޑުވީމަ އެކަމާ ފޭސް ކުރަން ނުކެރިގެން އަނިއްލަޔައް މަރުވީ…
ކޮމެންޓް ކުރުން ބަންދު