ރައީސް ސޯލިހު އިއްވެވި ރިޔާސީ ބަޔާނުގައި އޮއްޓަރެއް ނެތް: އަދުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެއްވެސް އޮއްޓަރެއް ނެތްކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޢަބްދުއްރަޙީ ވިދާޅުވީ، 2020 އަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ބަޔާނަކީ އެއްވެސް އުއްމީދެއްނެތް ބަޔާނެއްކަމަށެވެ. އަދި އެބަޔާނުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެޑްރެސްކޮށްފައިނުވާކަމަށް ޢަބްދުއްރަޙިމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، ޖުމްލަކޮށް ބަލާއިރު ރިޔާސީ ބަޔާނުގައި އެއްވެސް އޮއްޓަރެއް ނެތްކަމަށެވެ.

ނިމިދިޔަ އަހަރުގެ އުސްއަލިތަކާއި ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކާއި މިއަހަރަށް އެކުލަވާލައްވާފައިވާ މުހިންމު ސިޔާސަތުތައް ހާމަކުރައްވާ ރައީސް ސޯލިޙް އިއްވެވި މިރިޔާސީ ބަޔާން ފެއްޓެވުމާއެކު އިދިކޮޅަށް ނިސްބަތްވާ މެންބަރުން ސުލްހަވެރި އިހުތިޖާޖެއް ކުރެއްވިއެވެ. އެ އިހުތިޖާޖުގައި ބައިވެރިވެވަޑައިތަތީ 5 މެންބަރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ