15 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކިދުވަސްމަތިން ޖިންސީގޯނާކުރި 35 އަހަރުގެ ދިވެހި ފިރެހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން އެކިދުވަސްމަތިން 15 އަހަރުގެ އަންހެން ކުއްޖަކާއިމެދު ގޯނާކުރި މައްސަލައެއް މި އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައި ވާކަމަށެވެ.
އަދި މިމައްސަލައިގައި މިއަދު ކޯޓު އަމުރެއްގެ ދަށުން 35 އަހަރުގެ ދިވެހި ފިރެހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިފަހަކަށް އައިސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ފުލުހަށް ރިޕޯޓްކުރާ މައްސަލަތައްވަނީ ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ.
މިގޮތުން 55 އަހަރުގެ ދިވެހި ފިރިހެނަކު އޭނާގެ ދެ ދޮންދަރިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް، މިދިޔަ ހޮނިހިރު ދުވަހު ހުށަހަޅާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.