ރެއަލްމެޑްރިޑުގައި ހިލޭ ޖެހުން ޖަހަން ލިބެނީ ފަރިތަކުރުންތަކުގައި އެކަނި: ޑިމާރިއާ

ރެއަލްމެޑްރިޑަށް ކުޅުނުއިރު ހިލޭ ޖެހުން ޖަހަން ލިބެނީ ފަރިތަކުރުންތަކުގައި އެކަނިކަމަށް ކުރިން އެކްލަބަށް ކުޅުނު އެންހެލް ޑިމާރިއާ ބުނެފިއެވެ.

ރެއަލްމެޑްރިޑްގައި ޑިމާރިއާ އުޅުނު ދުވަސްވަރު އެކްލަބުގައި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ގެރެތު ބޭލްވެސް އުޅުނެވެ. އެހެންކަމުން ޑިމާރިއާގެ ބަދަލުގައި ހިލޭ ޖެހުންތަން ޖަހަނީ މިދެކުޅުންތެރިންނެވެ.

"ރެއަލްމެޑްރިޑްގައި އުޅުނުއިރު އަހަންނަށް ހިލޭ ޖެހުން ޖަހަން ލިބެނީ ޓްރެއިންގައި އެކަނި. މެޗުގައި ހިލޭ ޖެހުން ޖަހާނީ ރޮނާލްޑޯ އެހެންނޫނީ ބޭލް." ޑިމާރިއާ ބުންޏެވެ.

ޤައުމީ ޓީމުގައިވެސް ލިއޮނަލް މެސީއާއެކު މިހާލަތު ކުރިމަތިވެފައިވާ ޑިމާރިއާ ބުނީ، އޭނާއަށް އަބަދުވެސް ކުޅެން ފުރުޞަތު ލިބިފައިވަނީ ގިނަ ލަނޑުތަކެއް ކާމިޔާބުކުރާ މޮޅެތި ކުޅުންތެރިންނާއެކުގައި ކަމަށާއި، އޭގެ ތެރޭގައި ރޮނާލްޑޯއާއި މެސީ ހިމެނޭކަމަށެވެ. އެހެންނަމަވެސް ހުއްޓާނުލައި ހުނަރު ކުރިއަރުވަން މަސައްކަތްކުރީ ކަމަށާއި، ހުނަރަކީ އަބަދުވެސް ކުރިއެރުވޭނެ އެއްޗެއްކަމަށް ޑިމާރިއާ ބުންޏެވެ.

ޕީއެސްޖީއާއި ގުޅުނު ފަހުން ޑިމާރިއާވަނީ އޭނާއަކީ ހިލޭ ޖެހެމުގައިވެސް ކިހާ ނުރައްކާތެރި ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައެވެ. އެގޮތުން ހިލޭ ޖެހުންވެސް ހިމެނޭ ގޮތަށް އޭނާވަނީ ފްރެންޗް ލީގު 1 ގައި ޕީއެސްޖީއަށް މިހާތަނަށް 46 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އަދި އޭނާގެ ހުރިހާ ޝައުޤެއްވެސް ހުރީ ޕީއެސްޖީއާއެކު ވީހާވެސް ގިނަ ކާމިޔާބީއެއް ހޯދުންކަމަށްވެސް ޑިމާރިއާ ބުންޏެވެ. މެންޗެސްޓާރ ޔުނައިޓެޑް ދޫކޮށް ޕީއެސްޖީއާއި ޑިމާރިއާ ގުޅުނީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ