ބާސެލޯނާއާއި ދެކޮޅަށް ކުޅެ ފުރަތަމަ މެޗުގައި ޑިމާރިއާށް ނުކުޅެވޭނެ!

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ބުރުގައި ބާސެލޯނާއާއި ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީގެ ޑިމާރިއާށް ނުކުޅެވޭނެކަމަށް ކޯޗު ޕޮޓެޗީނޯ ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕޮޓެޗީނޯ ބުނީ، އަންނަ ހަފްތާގައި ބާސެލޯނާއާއި ދެކޮޅަށް ޑިމާރިއާއަށް ނުކުޅެވޭނެކަމަށެވެ. އަދި އޭގެ މާނައަކީ ޕީއެސްޖީގެ ކުޅުންގަނޑު ބަދަލުކުރުން ނޫންކަމަށާއި، ޑިމާރިއާ ނެތްތައް ފޫބެއްދުމަށް އިތުރު ޙައްލެއް ހޯދާނެކަމަށް އޭނާ ބުންޏެވެ.

ޑިމާރިއާ އަށް އަނިޔާވެފައިވަނީ ލީގުގައި މާސެއިލްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗު 2-0 ގެ ނަތީޖާއަކުން ޕީއެސްޖީން ކާމިޔާބުކޮށްފައިވާއިރު، ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ޑިމާރިއާ ބަދަލުކޮށްފައިވަނީ މެޗުގެ 11 ވަނަ މިނަޓްގައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ މެޗުތައް އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ މެޗަކީވެސް ޕީއެސްޖީއާއި ބާސެލޯނާ ބައްދަކުކުރާ މެޗެވެ. މިމެޗުގެ ފުރަތަމަ ލެގު ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފޯރިގަދަ އެމެޗު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރެއެވެ. މެޗު ފަށާނީ އެރޭ 01:00 ގައެވެ.

ޕީއެސްޖީއިން ގްރޫޕްގެ އެޗްގެ އެއްވަނައިގެ ގޮތުގައި ގަދަ 16 އަށް ދަތުރުކޮށްފައިވާއިރު، ބާސެލޯނާއަށް ލިބިފައިވަނީ ގްރޫޕް ޖީ އިން ދެވަނައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ