ކޮއްދިއްޕަރު ރިސޯޓާ ދިމާލު ކަނޑުން ކުނިވެފައި އޮތް އިންސާނެއްގެ ހަށިގަނޑެއް ފެނިއްޖެއެވެ.
ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ހަށިގަނޑު ފެނިފައި ވަނީ މިރޭ ގާތްގަނޑަކަށް 18:36 ހާއިރުއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ކޮއްދިއްޕަރު ރިސޯޓާ ދިމާލުން ކަނޑުން ފެނިފައިވަނީ ވަރަށް ބޮޑަށް ކުނިވެސް ވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ކަމަށެވެ.
ކުނިވެފައިވާ އިންސާނެއްގެ ހަށިގަނޑު ފެނުނުއިރު، އެއީ ކާކުގެ ހަށިގަނޑެއްކަން ދެނެގަންނަން ދަތިވާވަރަށް ވަނީ ހަލާކުވެފައެވެ.