ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު | ފޮޓޯ : މަޖިލިސް

މީ ނުރައްކާތެރި ކަމެއް ފެށުމުގެ ރަނގަބީލު: ޖާބިރު

ރޭގައި ހުޅުމާލޭގައި 3 ފަތުރުވެރިންނަށް ދިން ހަމަލާއާއި މިރޭ އާންމުވި އެކަމާއި ގުޅޭ ވީޑިއޯ އާއި ގުޅިގެން މިއީ ނުރައްކާތެރި ކަމެއް ފެށުމުގެ ރަނގަބީލު ކަމަށް ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ހަލާކުކޮށް ނިސްބަތްވާ ނަސަބާއި ކުލަޔަށް އަދި ދީނަށް ބަލައިގެން ހަމަލާ ދިނުމަކީ ފިނޑި އަމަލެއް ކަމަށެވެ.

ޖާބިރު ވިދާޅުވީ ޓެރަރިސްޓު ގޭންގު ތަކަށް މިބިމުން ޖާގައެއް ނުދެވޭނެ ކަމަށެވެ. މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ (241 ކޮމެޓީ) އިން ލަސްނުކުރައްވާ މިރެއިން މިރެއަށް ފިޔަވަޅު އެޅުމަށް ޖާބިރު ވަނީ ގޮވާލައްވައިފައެވެ.

ރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ޗައިނާ 2 ފަތުރުވެރި އަކަށާއި އޮސްޓްރޭލިއާ ފަތުރުވެރިއަކަށް ދިން ހަމަލާގެ ޒިންމާ ދީނީ ހަރުކަށި ފަރާތަކުން ނަގާފައިވާއިރު މިކަން ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ