ހުޅުމާލެ - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

މިއަދު ހެނދުނު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ކުއްޖަކަށާއި އިތުރު މީހަކަށް އަނިޔާ ވެއްޖެއެވެ.

ކާރަކާއި ސައިލަކެއް ޖެހި މިއެކްސިޑެންޓް ހިނގީ ހުޅުމާލެ އަސުރުމާ ހިނގުމާއި ޗަނބޭލީމަގު ގުޅުނު ހަތަރު އަނގޮޅި ކަންމަތިންނެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 49 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާއިރު، މި އެކްސިޑެންޓްގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 7:30 ގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެކްސިޑެންޓުގައި ޒަހަމްވި 49 އަހަރުގެ ފިރިހެން މީހާގެ އަނގަމަތި ޒަހަމްވެފައިވާ ކަމަށާއި، ނަމަވެސް އަނިޔާވި 16 އަހަރުގެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު އަދި ރަނގަޅަށް ސާފު ނުވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މީޑިއާއަށް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް އިންތިހާއަށް އިތުރުވުމާއި ގުޅިގެން، ސަރުކާރުން ވަނީ ހައިވޭތަކުގައި ހެލްމެޓް އެޅުން މަޖުބޫރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ