އަދީބު ގޭބަންދަށް ބަދަލުކޮށްފި

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮންނަތާ ދެހަފްތާއެއްހާ ދުވަސް ފަހުން އަދީބު ގޭބަންދަށް ބަދަލު ކޮށްފައިވަނީ ރޭ 23:30 ހާއިރުއެވެ. .

އަދީބު ގޭބަންދަށް ބަދަލު ކުރުމާއި ބެހޭ ގޮތުން އޭނާގެ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިންނާއި އަދީބުގެ އާއިލާ އިން ވެސް އަދި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު، އަދީބު ގެއަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

އަދީބު ގޭބަންދަށް ބަދަލު ކުރިއިރު ޓެރަރިޒަމާއި ހިޔާނާތުގެ އެކި ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވާފައި އެބައޮތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގުމުގައި އިސްކޮށް ހުރި އަދީބު މިދިޔަ ނޮވެމްބަރ މަހު ވެސް ގޭބަންދަށް ބަދަލު ކުރިއެވެ. ނަމަވެސް ފަހުން ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

އަދީބު ގޭބަންދަށް ބަދަލު ކޮށްފައި މިވަނީ މިހަފްތާ ނިމުމުގެ ކުރިން އަދީބު ގޭބަންދަށް ބަދަލު ކުރާނެ ކަމަށް ބައެއް އެކްޓިވިސްޓުން މީސް މީޑިއާގައި ބުނެފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ