14 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ގެސްޓް ހައުސްއެއްގެ ތެރޭގައި 14 އަހަރުގެ ކުއްޖެއް ރޭޕްކުރި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ މެދު ރާއްޖެތެރޭގެ ރަށެއްގައެވެ. އެގޮތުން ގްރޫޕަކުން އެކުއްޖާ ރޭޕް ކުރި މައްސަލާގައި ފުލުހުން ވަނީ 5 މީހަކު ހައްޔަރު ކޮށްފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ޖުމްލަ 5 މީހުން ހައްޔަރު ކޮށްފައިވާކަމަށާއި، އަދި އޭގެ ތެރެއިން އެކަކު އިއްޔެ ދޫކޮށްލާފައި ވާކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ ގިނަ މައްސަލަތަކެއް މި ދުވަސްކޮޅު އަންނަނީ ފުލުހުންނަށް ހުށައެޅެމުންނެވެ. އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރު ކުރަމުން އަންނައިރު، މީގެ ކުރިން އެފަދަ މައްސަލަތައް ހުށައެޅުނު ކަމުގައި ވިޔަސް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަޅާފައި ނުވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިފަދަ އެތައް މައްސަލަތަކަކާއި ހެދި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޖެނޑަރ މިނިސްޓަރ މަޤާމުން ދުރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައި ވަނިކޮށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވަނީ އިސްތިއުފާ ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ