މާފަރު އެއާޕޯޓް: ފޮޓޯ: ވަގުތު

މާފަރު އެއާޕޯޓަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަނީ

ނ.މާފަރުގައި ތަރައްޤީ ކުރާ އިންޓަނޭޝަނަލް އެއާޕޯޓަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާން ކޮށްފިއެވެ.

ރީޖަނަލް އެއާޕޯސްޓް އިން އިިއުލާން ކޮށްފައިވަނީ، މާފަރު އެއާޕޯޓުގެ އެކި މަޤާމުތަކަށް، ޖުމްލަ 30 މުވައްޒަފުން ހޯދުމަށެވ. މީގެ ތެރޭގައި އެސިސްޓަންޓް އޮޕަރޭޝަންސް އޮފިސަރ، އެސިސްޓެންޓް އެއަރފީލްޑް ޓެކްނީޝަން، އެޑްމިނިސްޓްރޭޓިވް އޮފިސަރ އަދި އެސިސްޓެންޓް އެކައުންޓްސް އޮފިސަރ، އެސިސްޓެންޓް ފަޔަރ ފައިޓަރ، ޑްރައިވަރ ގެ އިތުރުން ލައުންޖް ހޯސްޓް ސޭފްޓީ އޮފިސަރގެ މަޤާމުތަކަށް މީހުން ހޯދަން ވަނީ އިޢުލާން ކޮށްފައެވެ.


އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ މި މި ވަޒީފާތަކަކީ ޖުމްލަ ތިން މަސް ދުވަހުގެ މުއްދަތަށް ނަގާ ވަޒީފާ ތަކެއް ކަމަށާއި، ނަމަވެސް ހުރިހާ ވަޒީފާތަކަކީވެސް މުއްދަތު އިތުރު ކުރެވޭގޮތަށް ނަގާ ވަޒީފާތަކެއް ކަމަށް އެ އިޢުލާންގައި ވަނީ ބުނެފައެވެ.

އެންމެ ބޮޑެތި ފަސިންޖަރުން އުފުލުމަށް ބޭނުންކުރާ އެއާބަސް އޭ 380 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ނ.މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްވެސް ވަނީ ދާދިފަހުން ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، މާފަރު އެއާޕޯޓުގެ މަސައްކަތް ކުރަމުންދާ ފަރާތުން އެ އެއާޕޯޓުގެ ޖާގަ އިތުރުކުރުމުގެ ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށާއި، އެކަން ކުރުމަށް ދިވެހި ސަރުކާރުންވެސް އެއްބަސްވާން ތައްޔާރަށް އޮތްކަމަށާއި، ނަމަވެސް ޖާގަ އިތުރުކުރެވެން އޮތީ، އެއާޕޯޓު ހިމެނޭ ސަރަޙައްދާއި ކައިރީގައި ހުރި ބައެއް ގެތައް ނަގައިގެން ކަމަށެވެ.

"އެއާޕޯޓުގެ މަސައްކަތް ކުރާ ފަރާތުން ބޭނުންވަނީ އެއަރޕޯޓު މިހާރަށްވުރެ ބޮޑުކުރަން. މިހާރު އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 2200 މީޓަރު. އަދި އެބަ ބޭނުންވޭ އެބޭފުޅުން 1000 މީޓަރު އިތުރުކޮށް އެތަނަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރުކަމަށްވާ އޭ 380 ގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް ބަދަލުކުރަން. އަޅުގަނޑުމެން މިތިބީ އެކަން ކުރުމަށް އެއްބަސްވުމަށް ތައްޔާރަށް." ރައީސް ޞާލިޙު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ