ފުޅި އަޅައިގެން ފީނަން ފޭބި މަސްވެރިޔަކު ޑީކޯ ވެއްޖެ

މަސްވެރިކަން ކުރަން އުޅުނު "މީރާ" ނަމަކަށް ކިޔާ ދޯންޏަކުން ފުޅި އަޅައިގެން ފީނަން ފޭބި މަސްވެރިޔަކު ޑިކޮޕްރެޝަން ސިކްނެސް (ޑިކޯ) ވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 27 އަހަރުގެ ދިވެއްސަކު ޑިކޯވެގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 9:20 އެހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބިފައިވާކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މި މީހާއަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވަނީ، 20 މިނެޓް ވާންދެން 50 މީޓަރުގައި މިއަދު ޑައިވްކޮށްފައެވެ. މި ހާދިސާ ހިނގި އިރު، އެ ދޯނި އޮތީ ގދ. ގައްދޫއާ 13 މޭލު ބޭރުގައި ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.

މި މީހާ މިހާރު ވަނީ ސީއެންބިއުލާންސް ގައި ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ