މިހާތަނަށް 9 މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައި

މިހާތަނަށް 9 މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނެފައިވަނީ އިއްޔެ ހިމަ ބިއްސަށް އިތުރު މީހަކު ޕޮސިޓިވް ވެފައި ވާކަމަށެވެ. އަދި މިހާތަނަށް ހިމަބިއްސަށް 9 މީހަކު ޕޮޒިޓުވް ވެފައިވާކަމަށް އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

މިބަލި ޖެހިފައިވާ ފަރާތެއް ފެނުމުން އެސަރަހައްފެއްގައި މައުލޫމާތު ދިނުމާއި އިތުރަށް ދެނެގަތުމާއި އަދި ވެކްސިން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެންމެ ފަހުން ހިމަ ބިއްސައް މީހާކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާވެސް ރާއްޖޭގައި ފެތުރެން ފަށާފައިވާކަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މި މަހުގެ ކުރީކޮޅުއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވީ، ރާއްޖެއިން ހިމަބިހި (މީސްލްސް) ފެނުމާގުޅިގެން އިތުރަށް އެބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރެވެމުންދާ މުޙިއްމު މަސައްކަތުގެ ތެރެއިން މާލޭގައި ހިމަބިއްސަށް ސްކްރީން ކުރުމާއި މީސްލްސް ވެކްސިން ދިނުމުގެ ޙާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި ވާކަމަށެވެ.

މިގޮތުން މީސްލްސް ވެކްސިންގެ އިތުރު ޑޯޒެއް ތުއްތު ކުދިންނަށް ދޭން ފަށާފައިވާ ކަމަށާއި، މި ވެކްސިން ޑޯޒަކީ ޤައުމީ ވެކްސިން ތާވަލުގައި ހިމެނޭ މީސްލްސް އެކުލެވޭ 9 މަހުގައި ދެވޭ އެމް.އާރު އަދި 18 މަހުގައި ދެވޭ އެމް.އެމް.އާރު ވެކްސިންގެ އިތުރަށް ދެވޭ ޑޯޒެއްކަމުގައި އެޗްޕީއޭއިން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ