ޓެރެރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކަލުން ސަލާމަތް ވުމާއި ގުޅޭގޮތުން މަސައްކަތު ބައްދަލުވުމެއް ފަށައިފި

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ

ޔޫ.އެން.އޯ.ޑީ.ސީ އާއި އެން.ސީ.ޓީ.ސީ ގުޅިގެން، އދ ގެ ކަމާގުޅުންހުރި އިދާރާތަކާއި އިންޓަރޕޯލް، އަދި ޔޫރޮޕިއަން ޔޫނިއަން ގެ އެހީތެރިކަމާއިއެކު، "ނޭޝަނަލް ރައުންޑްޓޭބަލް އެންޑް ކޮންސަލްޓޭޝަން އޮން ޔޫ.އެން.އޯ.ޑީ.ސީ އެންޑް އިންޓަރޕޯލްސް ސަޕޯޓް ޓު ދަ މޯލްޑިވްސް އޮން ކައުންޓަރ ޓެރެރިޒަމް" ގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ސޯޝަލް ސެންޓަރުގައި މިއަދު ފެށައިފިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދަޅުވީ މި ބައްދަލުވުމަކީ 2020 ފެބްރުއަރީ 9 ން 10 އަށް ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކެއް ކަމަށާއި، މި ބައްދަލުވުން ތަކުގައި ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކުގެ ބޭފުޅުން ބައިވެރިވާކަމަށެވެ.

އެގޮތުން ދައުލަތުގެ ކަމާގުޅުންހުރި ދާއިރާތަކުގެ 27 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓް، ހައި ކޯޓް، ކްރިމިނަލް ކޯޓް، ފެމިލީ ކޯޓް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ، ތަޢުލީމީ ދާއިރާ، އިޖުތިމާޢި ދާއިރާ، ޒުވާނުންގެ ދާއިރާ، ޚާރިޖީ ދާއިރާ، ދާޚިލީ ދާއިރާ އަދި ސަލާމަތީ ޚިދުމަތްތައް ހިމެނެއެވެ.

ޓެރެރިޒަމާއި ހަރުކަށި ފިކުރުގެ ނޭދެވޭ އަސަރުތަކުން ދިވެހި އުއްމަތް ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގައި، ކަމާގުޅުން ހުރި ދާއިރާތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކޮށް ބިނާކުރުމުގައި ޔޫ.އެން.އޯ.ޑީ.ސީ، ޔޫ.އެން.ޑީ.ޕީ އަދި ޖަޕާނުގެ ސަރުކާރުން ވެދެއްވާ އެހިތެރިކަމަކީ ރާއްޖެއަށް ވަރަށް އަގުހުރި ފައިދާތަކެއް ލިބިގެންދާ ކަމެއްކަމުގައި، މިބައްދަލުވުން ފައްޓަވައިދެއްވަމުން، އެން.ސީ.ޓީ.ސީގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޒަކަރިއްޔާ މަންޞޫރު ވަނީ ވިދާޅުވެފައެވެ. އަދި މި ފަރާތްތަކުގެ އެހީތެރިކަމާއެކު މި ސެންޓަރުން ވަނީ ނެޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ ވައިލެންޓް އެކްސްޓްރިމިޒަމް އެކުލަވައިލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ