ސިފައިންގެ ޔުނީފޯމުގައި ހުރި މީހަކު ދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ދެމީހުން މަރާލައިފި

އަފްގާނިސްތާން ސިފައިންގެ ޔުނީފޯމުގައި ހުރި މީހަކު ދިން ހަމަލާތަކެއްގައި އެމެރިކާ ސިފައިންގެ ދެމީހުންނާއި އަދި އަފްގާނިސްތާން ސިފައިންގެ އެކަކު މަރާލައިފިއެވެ.

ސަލާމަތީ ބާރުތަކަށް އަމާޒުކޮށް އިރުމަތީ އަފްގާނިސްތާނުގައި މިދިޔަ ހޮނިހިރު ދުވަހު ދިން މިހަމަލާގައި ސިފައިންގެ ތިންމީހުން މަރުވުމުގެ އިތުރުން ނުވަމީހަކުވަނީ ޒަހަމްވެފައެވެ. އަދި މިހަމަލާ ދިންމީހާވެސްވަނީ ސިފައިންދިން ރައްދު ހަމަލާގައި މަރުވެފައެވެ.

އަފްގާނިސްތާނުގައި އޮތް ތޯލިބާނުންގެ ވެރިކަން 2001 ވަނަ އަހަރު އެމެރިކާއިން ވައްޓާލުމަށްފަހު އެގައުމުގެ ސިފައިން އަންނަނީ އަފްގާނިސްތާނުގެ އަމަން ބަލަހައްޓަން ހަރަކާތްތެރިވަމުންނެވެ. އަދި މިހާރުވެސް އަފްގާނިސްތާނުގައި އެމެރިކާ ސިފައިންގެ 13،000 ސިފައިން އެބަތިއްބެވެ.

އެމެރިކާ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވެފައިވަނީ މިހަމަލާދިން ސަބަބު ނޭންގޭ ކަމަށާއި މައުލޫމާތު އެއްކޮށް މިހަމަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެމެރިކާއިން އަންނަނީ ސުލްހައިގެ މުއާހަދާއެއް ގާއިމު ކުރުމަށް ތޯލިބާނުންނާއި މަޝްވަރާކުރަމުންނެވެ. ތޯލިބާނުން މިހާރުދަނީ އަފްގާނިސްތާނުގެ ބޮޑުބައެއް ކޮންޓުރޯލް ކުރަމުންކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ