ސީއެސްސީގެ ރައީސް ހިމެނޭ ގޮތަށް 4 މެންބަރަކު ވަކި ކުރުމަށް ނިންމައިފި

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ހިމެނޭ ގޮތަށް އެ ކޮމިޝަންގެ ހަތަރު މެންބަރަކު ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިއަދު ނިންމައިފިއެވެ.

އެގޮތުން އެކޮމިޓީން މިއަދު ސިވިލް ސަރވިސް ކޮމިޝަނުން ވަކި ކުރުމަށް ނިންމާފައި ވަނީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެމްބަރު އިބްރާހިމް ޝަހީގްއާއި، މެންބަރު ޒަކަރިއްޔާ ހުސެއިންއެވެ.

ހަތަރު މެންބަރު ވަކި ކުރުމަށް ފެންނަ ކަމަށް ކޮމިޓީން ނިންމާފައިވާއިރު، ސިވިލް ސަރވިސް ކޮމިޝަންގައި ހިމެނި ވަޑައިގަންނަވާ ހަމަ އެކަނި އަންހެން މެންބަރު ފާތިމަތު އާމިރާ އެ ކޮމިޝަނުން ވަކިކުރަން ނުފެންނަ ކަމުގައި ކޮމެޓީން ވަނީ ނިންމާފައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރެއް އެކޮމިޝަނުން ވަކި ކުރުމަށް ނިންމާފައިވާއިރު، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ސަރުކާރުގެ ހުރިހާ ވަޒީރުން ވަނީ ހާޒިރުކޮށްފައެވެ. އެގޮތުން ހާޒިރު ކުރި ގިނަ ވަޒީރުން ވަނީ ސީއެސްސީގެ ސަބަބުން އެ މިނިސްޓްރީ ތަކުގެ މަސައްކަތްތަކަށް ބުރޫއަރާ ކަމުގައި ވިދާޅުވެފައެވެ.



މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ