ވިއްސާރަ ރެއެއްގެ މަންޒަރެއް - ފޮޓޯ: ފެށުން

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ، ހދ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.

މިރޭ 06:30 އިން މިރޭގެ 23:45 އަކަށް ނެރެފައިވާ މިވައިޓް އެލާޓްގައި ބުނެފައިވަނީ އެލާޓްގެ ވަގުތުގައި އެލާޓު ނެރެފައިވާ ސަރަޙައްދުތަކަށް އެވްރެޖްކޮށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރިނަމަވެސް ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށާއި، އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމުދެގު ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

އަދި ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި، އުތުރާއި މެދުތެރޭގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށްލަފާ ކުރެވޭކަމަށްވެސް މެޓް އޮފީހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ