ރޯކޮށްލި އިންޑިއާ އަންހެން މީހާ މަރުވެއްޖެ

އިންޑިއާގެ މަހާރަސްތުރާ ސުޓޭޓުގެ ކޮލެޖެއްގައި ކިޔަވައިދޭ އަންހެން ލެކްޗަރާއެއްގެ ގައިގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން އެއަންހެން މީހާ މިއަދު މަރުވެއްޖެއެވެ.

މީގެ ހަފްތާއެއްގެ ކުރިން މިހާދިސާ ހިނގައިފައިވަނީ މި އަންހެން ކުއްޖާ ކިޔަވައިދޭ ކޮލެޖަށް ދަނިކޮށެވެ. އަންހެން ކުއްޖާ ގައިގައި އަލިފާން ރޯކޮށްލި މީހާވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މައުލޫމާތު ލިބޭގޮތުގައި އަންހެން ކުއްޖާ ގައިގައި އަލިފާން ރޯކޮށްލައިފައިވާ މީހަކީ މި އަންހެން ކުއްޖާއާއި ފޮށެއުޅޭ މީހެކެވެ. އަދި މިކަން އާއިލާއަށްވެސް އިނގެއެވެ. މިމީހާ އަންހެން ކުއްޖާ ގައިގައި އަލިފާން ރޯކޮށްލައިފައިވަނީ ޕެޓްރޯލް ބޭނުން ކޮށްގެންނެވެ.

އަލިފާން ރޯކޮށްލުމާއި ގުޅިގެން މި އަންހެން ކުއްޖާ ހަށިގަނޑުގެ 40 އިންސައްތަވަނީ އަންދައިފައެވެ.

އިންޑިއާއަކީ އަންހެނުންނަށް ތަފާތު ހަމަލާތައް ކޮންމެ ދުވަހަކުވެސް ދެމުންދާ ގައުމެކެވެ. މީގެތެރޭގައި ޖިސްމާނީ އަނިޔާއާއި، ޖިންސީ އަނިޔާއާއި އަދި އެސެޑުފަދަ ތަކެތިން ހަމަލާދީ އަންހެނުންގެ ސޫރަ ގެއްލުވާލުންފަދަ ހާދިސާތައް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ