ލަންކާގެ މިނިވަންދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފުލާ ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ސްރީލަންކާގެ 72 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ހޮޓެލްޖެންގައި މިރޭ ބޭއްވި ޙަފުލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ޝަރަފުވެރިކޮށްދެއްވައިފިއެވެ. 

ސްރީލަންކާގެ ސަޤާފަތް ދައްކުވައިދޭ ބައެއް ހަރަކާތްތަކާއެކު ކުރިޔަށްދިޔަ މި ޙަފުލާގައި ސްރީލަންކާގެ ހައިކޮމިޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. އަދި މި ޙަފްލާގައި ރާއްޖެއާ ސްރީލަންކާގެ ބައެއް ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސްރީލަންކާއަށް އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނީ 4 ފެބްރުއަރީ 1948 ގައެވެ. އޭގެ 18 އަހަރުފަހުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ރާއްޖޭގެ ބޮޑުވަޒީރު އިބްރާހިމް ނާސިރާއި އިނގިރޭސި ސަފީރު ސަރ މައިކަލް ވޯކަރ ސޮއިކުރެއްވީ ކޮޅުނބުގައި 26 ޖުލައި 1965 ގައެވެ.

ސްރީލަންކާއާ ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 26 ޖުލައި 1965 ގައެވެ.

ސްރީލަންކާއަށް 1948 ގައި މިނިވަންކަން ލިބުމަށްފަހު އެދައުލަތް ވިހި އަހަރުވަންދެން އޮތީ ޑޮމީނިއަނެއްގެ ގޮތުގައެވެ. ޖުމްހޫރިއްޔަތެއް އިއުލާންކުރީ 1972 ގައެވެ. އެއީ ރާއްޖެ މިނިވަންވުމަށްފަހު ޖުމްހޫރިއްޔަތަކަށް އެނބުރުނުތާ ހަތަރު އަހަރު ފަހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ